twitterviber whatsapp telegramfacebookyoutube instagram
22nd March 2026

އަންނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލްގައި ބޭނުންކުރާނީ މި ޔުނީފޯމް

ޚަދީޖާ އާދަމް
Oct 10, 2019
1

މަތީ ސާނަވީއަށް ހާއްސަވެފައިވާ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް އަންނަ އަހަރުގެ ކިޔެވުން ބޮޑު ބަދަލަކާއެކު ފެށުމަށް ހަމަޖެހިފައިވާއިރު އެ ސްކޫލުގެ ޔުނީފޯމަށްވެސް ބޮޑު ބަދަލެއް ގެނެސްފި އެވެ. އަންނަ އަހަރު އެ ސްކޫލުގައި ކީ ސްޓޭޖް 1 ން 5 ށް ކިޔަވާ ދޭނެއެވެ.

އެގޮތުން ކީ ސްޓޭޖް 1،2،3 (ގްރޭޑް 1،2،3،4،5،6،7،8 ) ގެ އަންހެން ދަރިވަރުންގެ ޔުނީފޯން އިންނާނީ ގަމީހަކާއި އެކު ސްކާޓެކެވެ. ޔުނީފޯމާއެކު ބޭނުން ކުރާނީ ކަޅު ބޫޓާއި ކަޅު އިސްޓާކީންޏެވެ. ބުރުގާ ނާޅާ ކުދިން އަތްކުރު ގަމީސް ބޭނުން ކުރާއިރު ބުރުގާ އަޅާކުދިން ހަޅުވާޅު އަދި ބުރުގާ ބޭނުން ކުރަންޖެހޭނީ ހުދު ކުލައިންނެވެ.

ފިރިހެން ކުދިންގެ ޔުނީފޯމަށް މާބޮޑު ތަފާތެއް އައިސްފައި ނުވާއިރު ކީ ސްޓޭޖް 1،2،3 ވެސް ފިރިހެން ކުދިން ބޭނުން ކުރާނީ އަތްކުރު ގަމީހާ ކަޅު ފަޓުލޫނެވެ.


ކީ ސްޓޭޖް 4 އަދި 4 (ގްރޭޑް 09،10،11،12) ގެ އަންހެން އަދި ފިރިހެން ދަރިވަރުންވެސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އަތްދިގު ގަމީހެކެވެ. އޭގެ އިތުރަށް މި ސްޓޭޖުގައި ޔުނީފޯމަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ.

މީގެ އިތުރުން ހުރިހާ ގްރޭޑެއްގެ ދަރިވަރުންވެސް ޔުނީފޯމާއެކު ޓައީ ބޭނުން ކުރާނެއެވެ. އަންހެން އަދި ފިރިހެން ކުދިންވެސް ޔުނީފޯމާއެކު ބޭނުން ކުރަންޖެހޭނީ ކަޅު ލެދާރ ބެލްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355