twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަނީ

އަބްދުލް ވާހިދު ޙަސަން
Oct 11, 2019
1

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާާހު ގެނެސް، ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ބިލްގައިވާ ގޮތުގައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރެވޭނެ އެވެ.

މީގެ އިތުރުން މި ބިލުގައި ކައުންސިލްތަކުގެ އުމުރު މިހާރު އޮތް ގޮތް ފަސް އަހަރުގެ މުއްދަތަކަށް ބަދަލުކޮށް ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އަދި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވަން ޖެހޭގޮތަށްވެސް ވަނީ ނިންމާފަ އެވެ.

ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ގެންނަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ލޯކަލް ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ކަމުގައި އޭޖީ އޮފީހުން ހާމަކުރައްވައެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލަށް ވަކިން މެންބަރުން އިންތިހާބުކުރާގޮތަށް މިހާރު އޮތްގޮތް ބަދަލު ކުރުން ހިމެނެއެވެ.

އިތުރަށް ބިލުގައި ބުނެފައިވަނީ މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން މި ބިލްގައި ވަނީ ކައުންސިލްތަކަށް މާލީ މިނިވަންކަން ދިނުމަށް މުހިންމު ކަންތައްތަކެއް ހިމެނުމަށް ނިންމާފައެވެ.

އެގޮތުން ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫއުތައް، އެ ރަށު ނުވަތަ ސިޓީ ކައުންސިލަކުން ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކައުންސިލްތަކުން ވިޔަފާރި ކުންފުނި އުފައްދައި ހިންގޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355