twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކެމްޕަހުގައި ތައުލީމީ ދާއިރާގެ އާ ކޯސްތަކެއް ފަށަނީ

Oct 14, 2019

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން ކުޅުދުއްފުށީ ކެމްޕަހުގައި އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި އަލަށް ކޯސްތަކެއް ފެށުމަށް އިއުލާނުކޮށްފިއެވެ.

މީގެކުރިން ކުޅުދުއްފުށީ ކެމްޕަހުގައި ފަށާފައިނުވާ، ނަމަވެސް މިއަންނަ އަހަރަށް އިއުލާނުކޮށްފައިވާ ކޯސްތަކަކީ، ޕޯސްޓް ގުރެޖުއޭޓް ފެންވަރުގެ ކޯސްތަކަކާއި އަންޑަގުރެޖުއޭޓް ފެންވަރުގެ ކޯސްތަކެކެވެ.

އެގޮތުން އަލަށް ފަށަނީ، މާސްޓަ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް ލީޑާޝިޕް) ކޯހާއި މާސްޓަ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިން) އަދި މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިން) ކޯހެވެ. އަލަށްފަށާ އަންޑަގުރެޖްއޭޓް ފެންވަރުގެ ކޯސްތަކަކީ، ބެޗެލަރ އޮފް ޓީޗިން ޕްރައިމަރީ އަދި ބެޗެލަރ އޮފް އެޑިޔުކޭޝަން (ސްޕެޝަލް އެޑިޔުކޭޝަން) ކޯހާއި، ބެޗެލަރ އޮފް ޓީޗިން އަދި ބެޗެލެރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް) ކޯހެވެ.

މިކޯސްތަކުގެ އިތުރުން ދެން ފެށުމަށް އިއުލާންކޮށްފައިވަނީ، މިހާރުވެސް ކެމްޕަހުގައި ހިންގަމުންދާ ކޯސްތައް ކަމަށްވާ، މާސްޓަރ އޮފް އެޑިޔުކޭޝަން ކޯހާއި، ބެޗެލަރ އޮފް ޕްރައިމަރީ ޓީޗިން އަދި ބެޗެލަރ އޮފް އެޑިޔުކޭޝަން ކޯހާއި، ބެޗެލަރ އޮފް ޓީޗިން އަދި ބެޗެލަރ އޮފް އެޑިޔުކޭޝަންގެ ދިވެހި އަދި ލިޓްރޭޗާ ކޯހާއި، ބެޗެލަރ އޮފް ޓީޗިން އާލީ ޗައިލްޑްހޫޑް އަދި ބެޗެލަރ އޮފް އެޑިޔުކޭޝަންގެ އާލީ ޗައިލްޑްހޫޑް ކޯހުގެ އިތުރުން، ބެޗެލަރ އޮފް ޓީޗިން ޕްރައިމަރީ އަދި ބެޗެލަރ އޮފް ޓީޗިންގެ ދިވެހި އިސްލާމް އަދި އިސްލާމް ޤުރްއާން ކޮމްބިނޭޝަން ހިމެނޭ ކޯސްތަކެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެޕްލިކޭޝަން ހުޅުވާލަނީ، އޮކްޓޫބަރު 27 ވަނަ ދުވަހުންފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355