twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތެލަސީމިއާ ސެންޓަރުން ދޭ ބޭސް ސިޓީތަކަށް އާސަންދަ ހަމަޖައްސައިފި

ޚަދީޖާ އާދަމް
Oct 15, 2019

ނޭޝަނަލް ތެލަސީމިއާ ސެންޓަރުން ދޫކުރާ ބޭސް ސިޓީތަކަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސަސް (އެމްބީއެސް) ބޭސް ސިޓީތަކަށް އާސަންދައިގެ ދަށުން މިހާތަނަށް ބޭސް ދޫނުކުރާތީ އެތައް ބަޔަކު އައީ ޝަކުވާ ކުރަމުންނެވެ.

އެގޮތުން އާސަންދަ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެމްބީއެސް އިން ދޫކުރާ ބޭސް ސިޓީތައް އާސަންދައިގައި ރަޖިސްޓަރީ ވެފައިވާ ބޭސްފިހާރަތަކުން މިހާރު ބަލައި ގަންނާނެ ކަމަށެވެ.

އެމްބީއެސް އާއި ތެެލެސީމިއާ ސެންޓަރުގެ ބޭސް ސިޓީގައި ހުންނަ ބޭސް އާސަންދައިގެ ދަށުން މީގެ ކުރިން ލިބެނީ، އާސަންދަ އިން ގަބޫލުކުރާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން އެ ބޭސް ސިޓީ އަލުން ދޫކުރުމުންނެވެ. އެހެން ކަން ކުރުމުން ބަލި މީހުން ދެ ބުރަށް ޑޮކްޓަރަށް ދައްކަން ޖެހެ އެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާއިންތަކުން ދަނީ އެދެމުންނެވެ.

ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ބޭނުންވާ ލެ އާއި އެހެނިހެން ވަސީލަތްތައް، އެ މީހަކު ދިރިއުޅެވޭ ރަށަކުން ލިބޭނެ ގޮތް މި ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު ހަމަޖައްސައިފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން، ލޭ ހަދިޔާ ކުރާ މީހުންގެ ޑޭޓާ ބޭހެއް އެކުލަވައިލާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

ތެލެސީމިއާ އަށް ފަރުވާ ހޯދަން 270 ވަރަކަށް ކުދިން ރަޖިސްޓަރީ ވެފައިވާ ވެފައިވާއިރު ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ފަސޭހަ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355