twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ހދ އަތޮޅު ކައުންސިލުން ގޮވާލައިފި

އަބްދުލް ވާހިދު ޙަސަން
Oct 16, 2019
3

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްއެންޑީ) އިން ނެރުނު "ޕްރެލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން" ރިޕޯޓް ކުށްވެރިކޮށް ހދ އަތޮޅު ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

އެ އެކައުންސިލްގައި ތިއްބަވާ ހުރިހާ ކައުންސިލަރުން ސޮއިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޕޯޓްގައި މާތްވެގެންވާ އިސްލާމް ދީނަށާއި މި އުންމަތުގެ މާތް ނަބިއްޔާ މުހަންމަދު ގެފާނަށް ފުރައްސާރަކޮފައިވާތީ އެ އަމަލު އަތޮޅުގެ ހުރިހާ ރައްޔިތުން ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ރިޕޯޓްގައި އިސްލާމްދީނުގެ ނަން ކިލަނބުކޮށް ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އެއްފަރާތްކޮށް ނަފްރަތު އުފެދޭނެގޮތް ހެދުމަށްޓަކާ ލިޔެ ފަރުމާކޮށްފައިވާ ރިޕޯޓެއްގައިކަމުގައި ކައުންސިލުން ދެކޭ ކަމަށެވެ.

ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ އީމާންކަން ފުރިހަމަވުމުގެ ތެރެއިންވާ ކަމަކަށް ވާހިނދު އެކަލޭނގެފާނަށް ބަދުބަސް ރައްދުކޮށް އަދި ކީރިތި ގުރުއާނުގައި ސާފުކޮށް ޝަރީހަކޮށް ބަޔާންކޮށްފައިވާ އިސްރާ އާއި މިއުރާޖުގެ ހާދިސާއަކީ ސައިންޓިފިކް ގޮތުން ނުވާކަމެއްކަމުގައި ދައްކަންކޮށްފައިވާ މަސައްކަތް މުސްލިމުންގެ ހައިސިއްޔަތުން އެއްވެސް މީހަކު ބަލައިގަންނާނެކަމެއް ނޫންކަމަށް އެ ބަޔާނުގެ ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީއެމްގެ އެ ރިޕޯޓް ރާއްޖޭގެ ގާނޫނޫ އަސާސީ އާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމުގެ ގާނޫނާއި ހިލާފު އަމަލަކަށް ވާތީ އެ ރިޕޯޓް ތައްޔާރުކޮށް ނެރުނު ފަރާތްތަކުގެ މައްޗަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ދިވެހި ދައުލަތަށާއި ރައީސް ޖުމްހޫރިއްޔާއަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355