twitterviber whatsapp telegramfacebookyoutube instagram
7th November 2025

އަންނަ ހުކުރު ދުވަހު ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ހާއްސަ ހަވީރެއް

ޚަދީޖާ އާދަމް
Oct 17, 2019

ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ހާއްސަ ހަވީރެއް ބޭއްވުމަ ޖައްސައިފި އެވެ.

މިއީ ރެޑްކްރެސެންޓު ހދ ގޮފިން އިސްނަގައިގެން ބޭއްވުމަށް ނިންމި ހަރަކާތެކެވެ. ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަހާއި ގުޅުވައިގެން ބޭއްވުމަށް ނިންމި މި ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު 16:00 ން 17:30 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

މި ހަރަކާތުގެ ތެރެއިން އެކި ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ދިވެހި ރެޑްކްރެސެންޓުން ކުރާ މައިގަނޑު މަސައްކަތްތަކާއި ބެހޭ ސްޓޯލުތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށާއި ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް އެސެސްމެންޓުގެ އިންތިޒާމާއި ޕޮލިހާއި ހދ އަތޮޅު ހެލްތު ސަރވިސަސް އަދި ހދ ފެމިލީ އެންޑް ޗިލްޑްރަމް ސާރވިސްގެ ސްޓޯލްތައް ވެސް މި ހަވީރުގައި ހުންނާނެ އެވެ.

ރެޑްކްރެސެންޓް ހދ ގޮފިން މިހާރުވެސް ދަނީ ޕެންޝަން އޮފީހާއި ގުޅިގެން މަދަދު ޕްރޮގްރާމުގެ ނަމުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355