twitterviber whatsapp telegramfacebookyoutube instagram
6th January 2026

މިމަހު 28 ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަނީ

އަބްދުލް ވާހިދު ޙަސަން
Oct 21, 2019
8

މިމަހު 28 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓް އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް ކޭއޯއަށް އެނގިފައިވާގޮތުގައި މިމަހު 28 ވަނަ ދުވަހުން ފެށިގެން ދުވާލަކު ފްލައިޓެއް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން ވަނީ ހަމަޖެހިފަ އެވެ.

" އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާވެސް އަވަހަކަށް ޑެއިލީ އޮޕަރޭޝަންތައް ފެށޭތޯ. އެކަމަށް މިހާރު ދީފައިވާ ތާރީހަކީ މިމަހު 28 ". އޮފިޝަލަކު ވިދާޅުވި އެވެ.

ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާއިރު އެ ފްލައިޓްތައް ދަތުރުކުރާނެ ގަޑިތަކުގެ މައުލޫމާތު އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓްމަހު 9 ވަނަ ދުވަހު އެވެ. ހަފްތާއަކުން ތިން ފްލައިޓް އޮޕަރޭޓްކުރާ މި އެއާޕޯޓް ޑިމާންޑް މިހާރުވެސް ވަރަށް ބޮޑެވެ.

އެއާޕޯޓަށް އަރައި ދެ ގެއެއް ނަގައި ވަށާ ފެންސު ޖަހާ ނިންމާލާފައިވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ. އަދި އެއާޕޯޓަށް ނެގި މުވައްޒަފުން ޓްރެއިންގ ނިންމާ މިހާރު އަންނަނީ އެއާޕޯޓާ ގުޅެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355