twitterviber whatsapp telegramfacebookyoutube instagram
21st March 2026

ގެރިއެއްގެ ބަނޑުން 52 ކިލޯގެ ޕްލާސްޓިކް ނަގައިފި

ޚަދީޖާ އާދަމް
Oct 21, 2019

އިންޑިޔާގެ ޓަމިލް ނާޑޫގެ ވެޓްރަނަރީ އެންޑް އެނިމަލް ސައިންސް ޔުނިވާރސިޓީގެ ޑޮކްޓަރުންތަކެއް ގެރިއެއްގެ ބަނޑުން 52 ކިލޯގެ ޕްލާސްޓިކް ނަގައިފި އެވެ.

ގެރީގެ ބަނޑުން ޕްލާސްޓިލްތައް ނެގުމަށް ޑޮކްޓަރުންގެ ޓީމު 5 ގަޑިއިރަށްވުރެ ދިގު އޮޕްރޭޝަނެއް ކޮށްފައިވެއެވެ.

މި ގެރިއަކީ ޗެންނާއީ ގައި ގެންގުޅެމުން އައި ގެރިއެކެވެ. ގެރި ބަލަހައްޓަމުންދާ ފަރާތް އޭތި ޑޮކްޓަރަށް ދައްކާފައިވަނީ ކުޑަކަމުދިއުމުގައި އުދަނގޫތަކެއް ހުރުމުގެ މައްސަލަ ފާހަގަ ކުރެވި އެކި ފަހަރުމަތިން މޮއްގަނޑުން ބަނޑުގައި ތަޅާ މަންޒަރި ފެންނުމުންނެވެ.

އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމް ބުނީ ޕްލާސްޓިކްގެ ސަބަބުން ޖަނަވާރުންނަށް ނުރައްކާތެރި އެތައް ބަލި މަޑުކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިކަންކަމަކީ އެފަދަ ޖަނަވާރުންނަށް ފުރާނައަށްވެސް ނުރައްކާވެދާނެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެއްކަމަށެވެ.

ގެރީގެ ބަނޑުން ޑިސްޕޯސަބަލް ޕްލާސްޓިކްތަކެއްޗާއި، ކާ ތަކެތި ބަންދުކުރާ ޕްލާސްޓިކް އަދި ހުސް ބޭސްކާޑު ފަދަ ތަކެތި ނަގާފައިވެއެވެ.

ޕްލާސްޓިކްގެ ސަަބަބުން ޖަނަވާރުންގެ ގެ އިތުރުން ކަނޑުގެ ދިރުންތަކަށްވެސް ދަނީ ގެއްލުން ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355