twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިއްދޫ އާއި ނެއްލައިދޫގެ އިތުރުން 11 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަނީ

ޚަދީޖާ އާދަމް
Oct 23, 2019

13 ރަށެއްގައި ފީފާއިން ގަބޫލްކުރާ ފެންވަރުގެ ޓާފް އެޅުމަށް މިއަދު އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ. މި 13 ރަށުގެ ދަނޑުގެ ތެރޭގައި ހއ ދިއްދޫ އާއި ހދ ނެއްލައިދޫގެ ފުޓްބޯޅަ ދަނޑުވެސް ހިމެނެ އެވެ.

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން މިހާރު ސަބް ބޭސް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ހަފްލާގައި އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މި 13 ރަށުގައި ޓާފް އެޅުމަށް އަމީން ކޮންސްޓަރަކްޝަނާ ހަވާލުކުރީ 55 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި މިހާރު އެ ރަށްރަށުގައި އެޅުމަށް މަސައްކަތް ކުރަމުންދާ ސަބްބޭސް އަޅައި ނިމުނުހާ އަވަހަކަށް ޓާފްގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ފީފާ ގަބޫލު ކުރާ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކަޝަނާ ހަވާލުކުރި ރަށްތަކަކީ، ހއ ދިއްދޫ، ހއ ނެއްލައިދޫ، ނ ހޮޅުދޫ، ނ ކެނދިކުޅުދޫ، ރ އަލިފުށި، ޅ ހިންނަވަރު، އދ މާމިގިލި، ފ ނިލަންދޫ، ލ ގަން، ގއ ވިލިނގިލި، ގދ ތިނަދޫ އަދި ޏ ފުވައްމުލަކުގެ އިތުރުން ސ ފޭދޫ އެވެ.

އެގޮތުން ސަބް-ބޭސް އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާތާ 90 ތެރޭގައި ޓާފް އަޅައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވެއެވެ.

މީގެ އިތުރުން، އިތުރު 22 ރަށެއްގެ ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ޕްރޮޖެކްޓަށް ވެސް 100 މިލިއަން ރުފިޔާ ހަރަދުވާނެ ޔޫތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355