twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަންނަ އަހަރު ހަނިމާދޫ ދާލަ ކުލާހަށް ވަނުމަށް ބޭނުންވާ ކުދިންނަށް ފުރުޝަތު ހުޅުވާލައިފި

Oct 24, 2019

އަންނަ އަހަރަށް ކުދިން ވެއްދުމަށް ހަނިމާދޫގައި ހިންގަމުން އަންނަ "ދާލަ" ކުލާހުން ފުރުސަތު ހުޅުވާލައިފި އެވެ. ދާދަ ކުލާހުން އަންނަނީ ޔޫސީމާސް ކުލާހަކާއި ގުރުއާން ކުލާހެއް ހިންގަމުންނެވެ.

އެ ގޮތުން "ޔޫސީމާސް" އަދި ޤުރުއާން ކުލާހަށް ވަނުމުގެ ފުރުޝަތު ވަނީ 12 ނޮވެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ޔޫސީމާސް ކުލާހަށް ވަނުމުގެ ފުރުޝަތު ހުޅުވާލާފައިވަނީ އުމުރުން 6 އަހަރާއި 12 އަހަރު ދެމެދު އުމުރު ފުރާގެ ކުދިންނަށެވެ. މި ކުލާހުގައި ލެވަލް 1،2 އަދި 3 ގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް ފޯމް ހުށަހެޅޭނެ އެވެ.

2020 ވަނަ އަހަރު މިކުލާހުގައި ޤުރުއާން ކުލާސްތައް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވަނީ ވަކިމުޤައްރަރެއްގެ ދަށުން ކުދިންގެ ފެންވަރު ބެލުމަށްފަހު ލެވަލްތަކަކަށް ބަހާލައިގެންނެވެ.

ދާދަ ކުލާހުން ބުނީ މިހާރުވެސް އެ ކުލާހުން މައިކޮރޯސޮފްޓް އޮފީހުގެ 3 ސޮފްޓް ވެއަރއަކަށް ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދާ ކަމަށެވެ. މި ތިން ސޮފްޓްވެއަރ އަށް އަހުލުވެރިވުމަށް ޕްރޮގުރާމު ފަރުމާ ކޮށްފައިވަނީ އެންމެ ބޭސިކު ލެވަލްއިން ފެށިގެން އިންޓަރމީދިއަރީ ލެވަލް އަށެވެ. މި ޕްރޮގުރާމުން ދޭ ތަމްރީނުތައް ފަރުމާކުރެވިފައިވަނީ މިޒާމާނުގައި އޮފީހެއްގައި މަސައްކަތްކުރުމަށް މައިކުރޯއޮފީސް ޕެކޭޖު ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތްކަމަށް އެފަރާތުން ބުނެ އެވެ.

ކޮމްޕިއުޓަރަށް އަހުލުވެރިވުމަކީ މިހާރު ކޮންމެހެން ވެސް ލާޒިމްކަމެއްކަން ފާހަގަކުރަމުން ދާލަ ކުލާހުގެ މުވައްޒަފަކު ބުނީ ހަނިމާދޫގެ ޒުވާން ޖީލު އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވުރިކުރުވުމަކީ ކުރަން ވަރަށް މުހިއްމު ކަމެއްކަމަށެވެ. އެގޮތުގެ މަތީން ދާލާއިން ފެށުމަށް ހަމަޖެހިފައިވާ އެއް ޕްރޮގުރާމަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ބޭސިކް ޕުރޮގުރާމެއް ކަމަށެވެ.

އެއްމަހުގެ މުއްދަތައް ދެމިގެންދާ މި ޕްރޮގުރާމުގައި އުމުރުން 7-12 އަހަރު ގެ ކުދިންނަށް އަމާޒުކޮށްގެން ކޮމްޕިއުޓަރުގެ ބޭސިކް ފަންޑަމަންޓަލް ދާއިރާއިން ކިޔަވައިދެވޭނެ އެވެ. އޭގެ އިތުރުން އޮފީސް ޕެކޭޖުގެ ދެ ވަނަ ބުރަކަށް ބައިވެރިން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. މި ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދާލަ ކުލާހަށް ވަނުމަށް އެދޭފޯމް ފުރުމަށް ފަހުން އެ ކުލާހުގެ އިދާރާ ހުށައެޅުމަށް ވަނީ ހުޅުވާލާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355