twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދީނަށް ފުރައްސާރަ ކުރާ ކޮންމެ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭ، އެއީ ކޮންމެ މީހެއްގެ ޒިންމާއެއް: އަމީން

އަބްދުލް ވާހިދު ޙަސަން
Oct 26, 2019
1

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކޮންމެ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށް ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވައި އަމީން މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް ބޭނުންނުކުރުމަށް އެމްޑީޕީން އެ ޕާޓީގެ މެމްބަރުންނަށް އަންގާފައިވަނިކޮށްނެވެ.

އެމްޑީޕީގެ ނޫސްބަޔާނުގެ ޙަބަރު ސޯޝަލް މީޑިއާގައޮ ޝެއަރ ކުރައްވަމުން އަމީން ވިދާޅުވީ، އިދިކޮޅޫ ފަރާތްތަކުން ހިތްވަރު ލިބޭ ޝިއާރުތައް ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ނަމަވެސް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމަށާއި އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ ބައެއް ޝެއަރކުރައްވަމުން އަމީނުގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވައިދުގައި ވަރަށް ސާފުކޮށް އިސްލާމްދީން ހިމާޔާތްކޮށް ރައްކާތެރިކުރުމަށާއި އިސްލާމް ދީން ފިޔަވާ އެހެން ދީނަކަށް ފުރުސަތު ނުދޭނެކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުންދަނިކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެ ޕާޓީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، ގައުމީ މަޖިލިސް މެމްބަރަކު ވެސް އަދި އާންމު މެމްބަރަކު ވެސް ބޭނުން ނުކުރުމަށެވެ.

އަދި އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355