twitterviber whatsapp telegramfacebookyoutube instagram
28th March 2024

މޫދު ކަސްރަތުން ނޭކުރެންދޫއަށް އުފާވެރިކަން

އަބްދުލް ވާހިދު ޙަސަން
Oct 27, 2019
1

ހދ ނޭކުރެންދޫ ފުލުހުންނާއި އެރަށު ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށްގެންދިޔަ "ކަސްރަތުން އުފާ" ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ކަސްރަތު ޕްރޮގުރާމު ފުރިހަމަކޮށް 36 މީހަކު ވަނީ ސެޓްފިކެޓް ހޯދާފަ އެވެ. އެއްމަސް ދުވަހަށް ހިންގި މި ޕްރޮގުރާމުގައި 55 އަހަރުން މަތީގެ 10 އަންހެނަކުވެސް ވަނީ ބައިވެރިވެ، ޕްރޮގުރާމް ފުރިހަމަކޮށްފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަލީ ފާއިޒެވެ.

ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފާއިޒް ވިދާޅުވީ، ދާއިމީ ގޮތެއްގައި ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކަސްރަތުކުރުމާއެކު ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރުމަށް އޭނާ ބައިވެރިންގެ ކިބައިން އެދިލެއްވި އެވެ.

މޫދު ކަސްރަތުގެ ގޮތުގައި ހާއްސަކުރެވިގެން ކުރިއަށްދިޔަ މި ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ އެ ޕްރޮގުރާމްގެ ސަބަބުން ދުޅަހެޔޮކަން އިތުރުވެފައިވާ ކަމަށެވެ. އަދި ކަސްރަތުގެ ތަފާތު އެއްޗެހިތައް ދަސްވި ކަމަށެވެ. އެހެންވެ އެ ފަރާތްތަކުން އެދިފައިވަނީ ދާއިމީ ގޮތެއްގައި ކަސްރަތު ޕްރޮގުރާމް އެރަށުގައި ކުރިއަށްގެންދިޔުމަށެވެ.

މި ރަސްމިއްޔާތުގައި ހދ އަތޮޅު ޕޮލިސް ކޮމާންޑަރު އައިޝަތު ނިޝާ އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދުގެ އިތުރުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އާއި އެރަށު މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355