twitterviber whatsapp telegramfacebookyoutube instagram
17th August 2026

މިހާރު އޮތީ އަންނަމަހު 1 ފެށިގެން ކުޅުދުއްފުއްޓަށް ޑެއިލީ ފުލައިޓްތައް ފަށާގޮތަށް

އަބްދުލް ވާހިދު ޙަސަން
Oct 28, 2019
1

އަންނަ ނޮވެމްބަރުމަހު 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކޮށްފި އެވެ.

މޯލްޑިވިއަންގެ ޑެއިލީ ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން ފުރަތަމަ މަސައްކަތްކޮށްފައިވަނީ މިމަހު 28 ވަނަ ދުވަހު އެވެ. އެކަމަކު މިހާރު އެ ތާރީހް އޮތީ އަންނަމަހު 1 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

ހަނިމާދޫ-ކޮޗިން ފްލައިޓް ފެށުމަށްޓަކާ މިއަދު ހަވީރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ ނޮވެމްބަރުމަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ.

މިހާރު ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ދަތުރު ކުރަނީ ހަފްތާއަކުން ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހު އެވެ. ފްލައިޓް ދަތުރުތައް އޮންނަނީ ހެނދުނު އެވެ. ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ޓިކެޓް ވިއްކަނީ 805ރ، 954ރ އަދި 1113ރ އަށެވެ.

ކުޅުދުއްފުއްޓަށް ފްލައިޓްތައް އިތުރު ކޮށްފައިމިވަނީ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355