twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ހިދުމަތް ދޭން ފަށައިފި

Oct 30, 2019

ތ ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް ފަށާފައިވަނީ މި އޮކްޓޯބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ހިދުމަތް އެ ހޮސްޕިޓަލުން 16،621 މީހުން ހޯދާނެ ކަމަށް ލަފާކުރެވެ ކަމަށާއި ފަރުވާ ހޯދުމައްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ އެކިރައްށުން ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ގޮސްފައިވާކަމަށެވެ.

މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗައް 100 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދަމުން އަންނަ އިރު މިވަގުތު 5 ސްޕެސަލިސްޓް ޑޮކްޓަރ 2 މެޑިކަލް އޮފިސަރ، 11 ނަރުހުން، ޓެކްނިކަލް 9 މުވައްޒަފުން ދަނީ އެ ހޮސްޕިޓަލުގައި ހިދުމަތް ދެމުންނެވެ.

މި ހޮސްޕިޓަލުގައި މި ފެށިގެން ދިޔަ ދަތުގެ ހިދުމަތަކަީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮއްފައިވާ ސެޓަޕެއް ކަމަށާއި މިފަދަ ޑެންޓަލް ސެޓަފްއެއް ޤާއިމްކުރުމައްޓަކައި މިލިއަނެއްހައި ރުފިޔާ ހަރަދުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޓެންޓަލްގެ ޚިދުމަތް ތަޢާރަފްވުމާއި ގުޅިގެން މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް ހިންގާނެ 650000.00 ރުފިޔާ ހިނގާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވާއިރު މިފަދަ ހިދުމަތެއް ގާއިމްކުރުމުން އާންމުގޮތެއްގައި ދަތުގެ ފަރުވާ ދިނުމައް ކުރަންޖެހޭ ފަރުވާ މިހޮސްޕިޓަލްއިން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355