twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އަތޮޅުގެ 4 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ސަބް ބޭސް އަޅަން ބަޔަކާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 30, 2019

ހދ އަތޮޅުގެ ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ. އެރަށްތަކީ ކުޅުދުއްފުށި، ނެއްލައިދޫ، ހަނިމާދޫ އަދި ނޮޅިވަރަމެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެގައި މި ހަތަރު ރަށުގެ އިތުރުން ނ. ކުޑަފަރީގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރު ކުރުމަށް ހަވާލުކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ސޮއިކުރެއްވިއިރު އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރެވެ. އަދި ފްލެކްސް އިންކްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނަޖާހް ޝަރީފެވެ.

ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި ނެއްލައިދޫގެ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގުރޫފާ އެވެ. އެ ތިން ދަނޑުގައި ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ 4.032 މިލިއަން ރުފިޔާއަށެވެ. އެއީ ކޮންމެ ދަނޑަކަށް 1.344 މިލިއަނަށެވެ.

މީގެ އިތުރުން ނެއްލައިދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.190 މިލިއަން ރުފިޔާއަށް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރިއިރު ނ. ކުޑަފަރީ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.152 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވެސް އެ ކުންފުންޏާ އެވެ.

މި ރަސްމިއްޔާތުގައި އެ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. ކުޅުދުއްފުށީގައި ޓާފް އަޅައިގެން ހަދަން ނިންމާފައިވަނީ ނިމިދިޔަ ސަރުކާރުން ހަލާކޮށްލި ޒިގްޒެގް ދަނޑުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

މި ދަނޑުތަކާއެކު މިއަހަރުގެ މިހާތަނަށް މިނިސްޓްރީއިން ވަނީ ޖުމްލަ 19 ދަނޑެއްގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައެވެ. މި ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް ނިމުނުހާ އަވަހަށް ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355