މޯލްޑިވިއަންގެ ޑެއިލީ ފްލައިޓުތައް މާދަމާއިން ފެށިގެން ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރުމަށް ހަމަޖެހުމާއެކު ކޭއޯ ޓްރެވަލްސްއިން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފި އެވެ.
ނޮވެމްބަރު 1 އިން ފެށިގެން ނޮވެމްބަރު 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޭއޯ ޓްރެވަލްސްއިން ކުޅުދުއްފުށިން މާލެއަށް ނުވަތަ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރުމަށް ޓިކެޓެއް ނަންގަވައިގެންނެވެ.
އެގޮތުން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ކުޅުދުއްފުށިން މާލެއަށް ނުވަތަ މާލެއިން ކުޅުދުއްފުއްޓަށް ދަތުރު ކުރާގޮތަށް ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.
މީގެ ކުރިންވެސް ކޭއޯ ޓްރެވަލްސްއިން ވަނީ ޓިކެޓުގެ އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައެވެ.
ކޭއޯ ޓްރެވަލްސްއިން ބުކިންގ ހެދުމަށް ގުޅާނީ 6528355 އަށެވެ. އަދި 7998355 އަށް ވައިބަރ ކޮށްގެންވެސް ބުކިންގ ހަދާލެވޭނެ އެވެ. ޓިކެޓް ނެގުމަށް ބީއެމްއެލް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ އެވެ.