twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާދަމާއިން ފެށިގެން މަންތާގެ ދަތުރުތައް ދަރަވަންދޫއަށް ފަށަނީ

Apr 10, 2019

މިމަހު 11 އިން ފެށިގެން މަންތާ އެއާ ގެ ދަތުރުތައް ބ. ދަރަވަންދޫއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

ދާދި ފަހުން އޮޕަރޭޓްކުރަން ފެށި މަންތާ އެއާގެ ދަތުރުތައް މި ވަގުތު ހަމައެކަނި ކުރަމުން އަންނަނީ މާލެއާއި ކުޑަހުވަދޫއާ ދޭތެރޭގަ އެވެ.

"ކޭއޯ" އަށް މައުލޫމާތު ދެމުން މަންތާ އިން ބުނީ ފުރަތަމަ ހަފްތާ ތެރޭ 2 ޕްލައިޓް ދަރަވަންދޫއަށް ދަތުރު ކުރާނެ ކަމަށެވެ.

"ފުރަތަމަ ހަފްތާ ތެރޭގައި ދަރަވަންދޫއަށް ދަތުރު ކުރާނީ 2 ފްލައިޓް، ދެވަނަ ހަފްތާ ތެރޭ 3 ފްލައިޓު އެއަށްފަހު 4 ފްލައިޓުގެ ދަތުރުތައް ފެށޭތޯ މަސައްކަތް ކުރަނީ، އަދި މިއަހަރު ތެރޭ ތިމަރަފުއްޓަށްވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން ދަނީ" މަންތާގެ ކޮމާޝިއަލް މެނޭޖަރ ޝިފާން ވިދާޅުވި އެވެ.

"މައިމަންތާ ޕްރޮމޯ" ނަމުގައި ހާއްސަ ޕްރޮމޯޝަނަކާއި އެކު ދަރަންދޫގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހު 11 އިން 18 ގެ ނިޔަލަށެވެ. އެގޮތުން ޕްރޮމޯޝަންގެ ތެރެއިން ބޮޑެތި މީހުންނަށް އެއްކޮޅަށް 499ރ އަށް ކުޑަކުއްޖަކަށް 249ރ އަށް ޓިކެޓް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިވަގުތު ދަރަވަންދޫއަށް 2 އެއާލައިނަކުން ދަތުރުތައް ދަނީ ކުރަމުންނެވެ. އެއީ މޯލްޑިވިއަން އާއި ފްލައި މީ އިންނެވެ. މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫ އެއާޕޯޓަށް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ އެ އެއާޕޯޓަށް ދަތުރުތައް ބާއްވާ ތިންވަނަ އެއާ ލައިނަށެވެ.

މަންތާ އެއާގެ ޓިކެޓް ކޭއޯ ޓްރެވަލްސްއިން ބައްލައްވާގަނެވޭނެ އެވެ. އެގޮތުން 6528355 ގުޅުއްވައި ޓިކެޓް ގަނެވޭނެ އެވެ. އަދި ކޭއޯ ޓްރެވަސްގެ ވައިބާ ނަމްބަރު 7998355 އަށް މެސެޖްކޮށްގެންވެސް ޓިކެޓް ގަނެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355