twitterviber whatsapp telegramfacebookyoutube instagram
6th August 2020

ހަނިމާދޫއަށް ވަރަށް އަވަހަށް އިތުރު ޖަނަރޭޓަރެއް ލިބޭނެ: ޤަފޫރު

Oct 31, 2019
5

ހދ ހަނިމާދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ވަރަށް އަވަސް މުސްތަގުބަލެއްގައި އިތުރު ޖަނަރޭޓަރެއް ލިބިގެންދާނެކަމަށް އެ ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރު މިހެން ވިދާޅުވީ އެރަށު "ފަނިކޮފީ" ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އިސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫގައި މިއަހަރުތެރޭވަނީ 1 މެގަރ ވޯޓް އިންޖީނެއް ބަހައްޓާފަ އެވެ. އެރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ފަހަކަށް އައިސް ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފަ އެވެ.

މިވަގުތު ހަނިމާދޫއަށް ބޭނުންވާ ކަރަންޓް ދެމުންދަނީ ޖުމްލަ 4 ޖަނަރޭޓަރުގެ އެހީ ގައެވެ. އެއީ 648 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 250 އަދި 200 ކިލޯވޯޓްގެ އިތުރުން މިފަހުން ބެހެއްޓި 1 މެގަވޯޓްގެ ޖަނަރޭޓަރުންނެވެ.

އެ ބައްދަލުވުމުގައި ގަފޫރު އިތުރަށް ވިދާޅުވީ ހަނިމާދޫ ސިއްޙީމަރުކަޒަށް ވަރަށް އަވަހަށް ޕެރަމެޑިކް އެމްބިއުލާންސް ލިބޭނެ ކަމަށާއި ހަނިމާދޫގައި ޓާފް ދަނޑެއްގެ މަސައްކަތްވެސް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ބަނދަރު ސާރވޭވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޤަފޫރު ވިދާޅުވި އެވެ.

ހަނިމާދޫ ސްކޫލު ހޯލް ނިންމުމަށް އެމްޕީއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ ހުރިހާކަމެއް މިހާރުވާނި ކޮށްނިމިފައިވާކަމަށާއި އެގޮތުން އެކަމަށް ހަރަދުވާނެ ފައިސާވެސް ވާނީ ހަމަޖެހިފައިކަމަށް ގަފޫރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355