twitterviber whatsapp telegramfacebookyoutube instagram
23rd January 2020

ގައުމީ ބައިސްކަލު ޗެމްޕިއަންޝިޕްގެ ރަންވަނަތައް އަސްމާއަށް

ޚަދީޖާ އާދަމް
Nov 3, 2019

ނޮވެންބަރު 1 ން 2 އަކަށް ކުރިއަށްދިޔަ 3 ވަނަ ނޭޝަނަލް ގައުމީ ބައިސްކަލް ޗެމްޕިއަންޝިލްގެ ރަންވަނަތައް ކުޅުދުއްފުއްޓަށް ނިސްބަތްވާ އަސްމާ ހަސަން ހޯދައިފި އެވެ.

އަންހެން އަދި ފިރިހެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އިވެންޓުގައި 5 ރޭހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަސްމާ ވަނީ ތިން ކެޓަގަރީއަކުން 1 ވަނަ ހޯދާ ބެސްޓް އޯލް ރައުންޑް ފީމޭލް ސައިލިސްޓް 2019 ގެ މަގާމުވެސް ހޯދާފައެވެ.

1000 މީޓަރ ސްޕްރިންޓް، 3000 މީޓާރ ސްޕްރިންޓް އަދި ޓީމް ޕްރީސޫޓް އިން 1 ވަނަ ހޯދާފައިވާއިރު އަސްމާ ވަނީ 200 މީޓާ ސްޕްރިންޓްއިން 2 ވަނަ ހޯދާފައެވެ.

200 މީޓަރުގެ ރޭހުން އެއްވަނަ ހޯދާފައިވަނީ މަރިޔަމް ސާރަތު ސަރީފެވެ. މީގެ އިތުރުން ދެން ބޭއްވި 5 ކިލޯމީޓަރުގެ ރޭހާއި 10 ކިލޯ މީޓަރުގެ ރޭހުން އެއްވަނަ ހޯދާފައިވަނީ ނިޒްމީން ލަތީފެވެ.

ފިރިހެން ބައިން 200 މީޓަރ، 1000 މީޓަރ، އަދި 5 ކިލޯ މީޓަރގެ ރޭހުން އެއްވަނަ ހޯދާފައިވަނީ އަލްޔަން މިރްޝަންއެވެ. 300 މީޓަރުގެ ރޭހުން އެއްވަނަ މުހައްމަދު މައިޒް ހޯދާފައިވާއިރު 10 ކިލޯ މީޓަރުގެ ރޭހުން އެއްވަނަ ހޯދީ މުހައްމަދު ފާހިރެވެ.

މި އިވެންޓް ކުރިއަށް ފެންގޮސްފައިވަނީ ހުޅުމާލޭގަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355