twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބައިކް މޯލްޑިވްސްގެ ޓުއާ މިފަހަރު ކުޅުދުއްފުއްޓަށް

Nov 5, 2019

ބައިކް މޯލްޑިވްސްގެ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިއްޖެ އެވެ. މިމަހު 8-10 ކުރިއަށްގެންދާ މި ޓުއާގައި ބައިސްކަލް ރައިޑްގެ ޕްރޮގުރާމުތައް ކުރިއަށްދާނެ އެވެ.

މި ޓުއާގައި ބައިކް މޯލްޑިވްސް 30 މެމްބަރުން ބައިވެރިވާނެ އެވެ. ބައިކް މޯލްޑިވްސް ހަރަކާތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު މިމަހު 8 ވަނަ ދުވަހު ހަވީރު 4 ޖަހާއިރު ސްޓޭޑިއަމް ސަރަހައްދުން ބައިސްކަލް ރައިޑެއް އޮންނާނެ އެވެ.

އަދި އެދުވަހުގެ ރޭގަނޑު 8 ޖަހާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށްދާނެ އެވެ. 9 ވަނަ ދުވަހު ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑް ބާއްވާއިރު އެދުވަހުގެ ހަވީރު 4 ޖަހާއިރު ކުޑަކުދިންނަށް ހާއްސަކޮށް، ކިޑްސް ރައިޑް އޮންނާނެ އެވެ.

މި ޕްރޮގުރާމުގެ އެންމެ ފަހު ދުވަސްކަމުގައިވާ 10 ވަނަ ދުވަހު އޮންނާނީ ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެކެވެ. މި ޕްރޮގުރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ބައިކް މޯލްޑިވްސް މެމްބަރުން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ ސީކުއީން ބޯޓްގައި މިމަހު 8 ވަނަ ދުވަހު ހެނދުނު އެވެ. ބައިކް މޯލްޑިވްސް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް މީހުން ބައިސްކަލަށް އަހުލުވެރިކުރުމަށް ތަފާތު ޕްރޮގުރާމުތައް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355