ކުރިއަށް އޮތްހަފްތާގެ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ނިންމާފައި ވަނީ ނޮވެމްބަރ 09 ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދަށް ވެފައި ނޮވެމްބަރ 11 އަށްވާ ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވާތީ އެދެމެދަށް ރަސްމީ ދުވަހެއް އަންނާތީއެވެ.
ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހަށް ފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެމްބަރ 12 ވާ އަންގާރަ ދުވަހު އެވެ.