twitterviber whatsapp telegramfacebookyoutube instagram
8th May 2024

އުރީދޫއިން މޯބައިލް އިންޓަނެޓް މުޅިންއާ ޑޭޓާ ޕްލޭންތަކެއް ތައާރަފްކޮށްފި

Nov 8, 2019

ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކާއި އެކު، މުޅިން އައު ޑޭޓާ ޕްލޭންތަކެއް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވަރކުގައި މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އުރީދޫ އިން އިތުރު ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

މިގޮތުން މަންތްލީ، ވީކްލީ އަދި ޑެއިލީ ޑޭޓާ ހިމެނޭގޮތަށް އަލަށް ތައާރަފްކޮށްފައިވާ ޕްލޭންތަކުގައި ވަނީ ހަމަޖެއްސާފައެވެ. މި ޕެކޭޖްތަކުގެ ތަފްސީލް އެކުންފުނީގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

http://www.ooredoo.mv/data

"އުރީދޫގެ މޮބައިލް އިންޓަނެޓް ބޭނުންކުރާ ކޮންމެ ބޭފުޅެއްވެސް ހިތްހަމަޖެހޭފަދަ، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް، ފެށުނީއްސުރެ އަޅުގަނޑުމެން ޚާއްސަ އިސްކަމެއްދެން. މިއީ، ދިވެހިންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ނެޓްވަރކްއަށް އުރީދޫވުމުގެ ފަހަތުގައިވާ އެންމެ މުހިއްމު ސަބަބުކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަދު މި ތައާރަފްކުރެވިގެންދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މި ޑޭޓާ ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށްކަމަށް އުރީދޫއިން ބުނެއެވެ. ހަމައެހެންމެ، އުރީދޫ އެޕްގައި ހިމަނާފައިވާ މަގޭ ޕްލޭން ޚިދުމަތް މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާގޮތަށް އެލަވަންސް، ފްރީ މިނިޓް އަދި މުއްދަތު ޚިޔާރުކޮށްގެން، އަމިއްލަ އަށް ޕްލޭންތައްވެސް ފަރުމާކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355