twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރަންޔޫބިލް ފާހަގަކުރުމަށް ކުރިނބީ ސްކޫލުން ދުވުމެއް ބާއްވައިފި

ޚަދީޖާ އާދަމް
Nov 14, 2019

ކުރިނބީ ސްކޫލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް މި އަހަރު ވަނީ އެކި ކަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން އިއްޔެ ވަނީ ހާއްސަ ދުވުމެއް ކުރިއަށްގެންގޮސްފަ އެވެ.

"ގޯލްޑެން ޖުބްލީ ރަން"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރަންޔޫބީލްގެ ހާއްސަ ޖަލްސާއަށް ފަންޑްރައިޒް ކުރުމަށް ބޭއްވުނު ދުވުމެއް ކަމަށް "ކޭއޯ" އަށް މައުލޫމާތު ދެމުން ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިއީ ބިބް ވިއްކައިގެން އެ ސްކޫލުގައި ބޭއްވި ފުރަތަމަ ދުވުން ކަމަށާއި އެގޮތުން ބިބްސް ވިއްކައިގެން ހަތްހާހަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. ދުވުމުގައި 250 ވުރެގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު މި ދުވުމުގެ ބިބްސް ވިއްކާފައިވަނީ 3 އަގަކަށެވެ. އެގޮތުން ދަރިވަރުންނަށް 25 ރުފިޔާއަށް، ބެލެވިވެރިންނަށް 50 ރުފިޔާއަށް އަދި ހައްސަ ނަންބަރުތައް ނައިސް ބިބްސް ގެ ނަމުގައި 100 ރުފިޔާއަށް ވަނީ ވިއްކާފައެވެ.

ރަންޔޫބީލްގެ ހަރަކާތްތައް ފާހަގަ ކުރުމަށް މި އަހަރު މެއި މަހު 19 އިން އަންނަ އަހަރު މެއި 18 އަށް އެކި ކަރަކާތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި ޕްރޮގްރާމުގެ ދަށުން މި އަހަރު މިހާތަނަށް ރަންޔޫބީލް ގުރުއާން މުބާރާތް، މަދަހަ މުބާރާތް، ސްޕޯޓް ފެސްޓިވަލެއްގެ އިތުރުން އިންގްލިސް ޑޭއެއް ވަނީ ފާހަގަކޮށްފައި ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެސްކޫލްގެ ރަންޔޫބީލްގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗުމަހު ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355