twitterviber whatsapp telegramfacebookyoutube instagram
20th September 2026

ރާއްޖޭގައި ބާއްވާ ފުރަަތަމަ ބީޗް ގޭމްސް ކުޅުދުއްފުށީގައި ފަށައިފި

Nov 14, 2019
2

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސް ކުޅުދުއްފުށީގައި އިއްޔެ ފަށައިފި އެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިމުބާރާތުގައި 50 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ޖުމްލަ 5 ފަސް ކުޅިވަރެއް ހިމެނޭ މި ފެސްޓިވަލްގައި ރާއްޖޭގެ އަލަށް ކުޅޭ އެއާރ ބެޓްމިންޓަން ވެސް ހިމެނޭއިރު ބީޗް ހޭންޑް ބޯލް، ބީޗް ނެޓްބޯލް، ތްރީ އޮން ތްރީ ބާސްކެޓް ބޯލް އަދި ބީޗް ވޮލީވެސް ފެނިގެން ދާނެއެވެ.

އެގޮތުން އަލަށް ތައާރަފު ކުރެވޭ އެއަރ ބެޑްމިންޓަން ތައާރަފްކުރުމަށް ށް ހަމަޖެހިފައިވަނީ ގައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިންނެވެ.

ޔޫތް މިނިސްޓްރީއާއި ކުޅުުދުއްފުށީ ކައުންސިލްގެ ބޮޑު އެހީތެރިކަމަކާއެކު ޑަބްލިއު ސްޕޯޓް އެކަޑަމީން އިންތިޒާމްކުރި މި ހަރަކާތް އިއްޔެ ފަށާފައިވާއިރު މިކަމަށް ކުޅުދުއްފުށީގެ ހިއްކި ބިން ވަނީ ވަރަށް ބޮޑަށް ތައްޔަރުކޮށްފައެވެ.

އަންހެން ކުޅުންތެރިންނަށް އިންތިޒާމްކޮށްގެން ނެޓްބޯލް އަދި ހޭންޑް ބޯލް ކުރިއަށް ގެންދާއިރު ފިރިހެން އެތުލީޓުން ވޮލީ، ހޭންޑް ބޯލްއަދި ބާސްކެޓް މެޗުތައް ކުޅޭނެއެވެ.

500 ވުރެއް ގިނަ އެތްލީޓުން ބައިވެރިވާ މި ބީޗް ގޭމްސްގައި 107 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ގޭމްސްގެ މެޗްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293