twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޭއާރުއެޗުގައި ހަކުރުބަލީގެ ދުވަސް ފާހަގަކޮށްފި

އިބްރާހިމް ހަމީދު
Nov 15, 2019

ދުނިޔޭގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިއްޔެ ހެނދުނު ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާރވިސް އަހްމަދު ދާއުދޫ ވިދާޅުވީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިއަދު ހެނދުނު ހަރަކާތެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުން އޮފީހަށް ގޮސްފައިވަނީ ދުވަހު ކުލައިގެ ގޮތުގައި ކަނޑައަޅާފައިވާ ނޫކުލަގެ ހެދުމެއްގައި ހިނގާފަ އެވެ.

"އެއަށް ފަހު ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ހޮސްޕިޓަލްގެ ގޯތިތެރޭގައި ސިއްހަތާއި ގުޅުން ހުރި ހެލުތީ ހެނދުނުގެ ނާސްތާއަކާއެކު ލުއި ކަސްރަތެއް ކުރިއަށް ގެންދެވުނު." އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މިޕްރޮގުރާމްގެ މަޢުލޫމާތު ވާނީ ރަށުގެ އެހެން ހުރިހާ މުއައްސަސާތަކާވެސް ހިއްސާ ކޮށްފައި ކަމަށާ ވަރަށް ގިނަ މުއައްސަސާތަކުން މިޕްރޮގުރާމް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި ތަފާތު ކަންކަން ދުވާހާ ގުޅިގެން މުއައްސަސާތަކުން ކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހަކުރާއި ކޮލޮސްޓުރޯލް ޓެސްޓް ކުރުމާއި ސިއްހީ ތަފާތު މަޢުލޫމާތު ދިނުމަށް ހާއްސަ ޕްރޮގުރާމެއް ރޭވިފައިވާކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހެއްގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 14 ވަނަދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. ހަކުރުބައްޔަކީ ރާއްޖޭގައިވެސް ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެއް ކަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އަދި އެބައްޔާމެދު ފަރުވާ ކުޑަކުރެވިއްޖެނަމަ އެމީހާ އުމުރަށް ބޭސް ބޭނުން ކުރަންޖެހިއްޖެނަމަ ލޮލުފެނުމާއި ކިޑްނީ ފެއިލްވެ ޑަޔަލިސް ހަދަންޖެހޭ މީހުންވެސް ރާއްޖޭގައި މިހާރު ވަރަށް ގިނަ ކަން ފާހަގަ ކޮށްލެވެއެވެ އަދި އެބައްޔަށް ފަރުވާ ބެހެއްޓުމުގެ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ދުޅަހެޔޮ ކާނާ ބޭނުން ކުރެއްވުމަށް އަބަދުވެސް ހެލްތު އޮފިސަރުން އިލްތިމާސް ކުރަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355