twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފިނޭ އަަދި ފޯކައިދޫގެ އިންޖީނުގެ އިމާރާތް ކުރުމަށް ހަަވާލުކޮށްފި

ޚަދީޖާ އާދަމް
Nov 16, 2019

ހދ ފިނޭ އަދި ށ ފޯކައިދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގެ އިމާރަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފިނޭ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަނާއެވެ. އެގޮތުން މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހުމަދު ފިރާގެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

https://twitter.com/TeamFenaka/status/1194917455014981632

މި ޕްރޮޖެކެޓަށް 52،49479.62 (ފަސް މިލިއަން ދެލައްކަ ސާޅީސް ނުވަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ދެ ލަރީ) ވަނީ ބަޖެޓްކޮށްފައި ވެއެވެ.

މީގެ އިތުރުން ށ ފޯކައިދޫގެ އިންޖިނު ގޭގެ މަސައްކަތައް 56،60951.96(ފަސް މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ ފަންސާސް އެއް ރުފިޔާ ނުވަދިހަ ހަލާރި) ވަނީ ބަޖެޓްކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަނާއެވެ. އެގޮތުން މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަލީދު އަބުދުލް ގާދިރެވެ.

މި ދެ އެއްބަސްވުމުގައިވެސް ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. ދެ އިންޖީނުގޭގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355