twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޖޮބް ސެންޓަރާއެކު ވަަޒީފާގެ ފުރުސަތުތައް ފަހިވާނެ: ފައްޔާޒް

ޚަދީޖާ އާދަމް
Nov 17, 2019

ޖޮބް ސެންޓަރާއިއެކު އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށައި މިދިޔަ އެއް އަހަރުތެރޭގައި 9000 އެއްހާ ވަޒީފާ އުފެއްދިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފަައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ވަޒީފާ ދޭ މީހުން ބޭނުންވާ ވަޒީފާތައް ޖޮބް ސެންޓަރުގައި ޝާއިއުކޮށް އެ ވަޒީފާ އަށް ފިޓުވާ ދިވެހިން ތިބި ނަމަ އެންމެ ފުރަތަމަ އިސްކަން ދޭނީ ދިވެހިންނަށް ކަމަށާއި ބިދޭސީންނަށް އިސްކަން ދޭނީ އެއަށްފަހު ކަމަށެވެ.

މީގެ އިތުރުން ޖޮބް ސެންޓަރާ އެކު ބައެއް މީހުން މިހާރު ތިބި ވަޒީފާތަކަށް ވުރެ ރަނގަޅު ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެކަން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި މުހިއްމު ގިނަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އަދި ވަޒީފާ ދޭ ފަރާތްތަކުން ލިސްޓު ކުރުމަކަށް މަޖުބޫރެއް ނޫން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޭރު މުވައްޒަފުންނަށް ކޯޓާ ދިނުމުގައި އެ ޕޯޓަލްގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް ނޫނިއްޔާ ވޯކްޕާމިޓެއް ނުދޭނެކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ޖޮބް ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ އިތުރު ކުރުމުގެ އިތުރަށް އަދާކުރަމުންދާ ވަޒީފާތަކަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދާދިނުމެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުގެ އާބާދީގައި ތިން ލައްކަ މީހުން ހިމެނޭ އިރު އޭގެ ތެރެއިން ވަޒީފާ އަދާކުރަނީ 160000 މީހުން ކަމަށް ފައްޔާޒް މިއަދު ވިދާޅުވި އެވެ. އަދި ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބި 10000-15000 އާ ދެމެދުގެ މީހުން އުޅޭ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް 99000 މީހުންނަކީ އެއްވެސް ކަހަލަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355