twitterviber whatsapp telegramfacebookyoutube instagram
8th July 2025

ފީވަކުގައި ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ ނިންމާލައިފި

ޚަދީޖާ އާދަމް
Nov 18, 2019

ށ ފީވަކު ޕޮލިސްޓޭޝަނާއި އެރަށު ހެލްތު ސެންޓަރާއި ގުޅިގެން ބޭއްވި ކަސްރަތު ޕްރޮގްރާމުގެ ނިމުން ފާހަގަކޮށްފި އެވެ. މިދިޔަ އޮކްޓޯބަރުމަހު 1 ން 31 ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި 110 ބައިވެރިން ބައިވެރިވެފައިވާއިރު 89 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އަޕާރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އަލީ ފާއިޒެވެ. އެގޮތުން މި ރަސްމިއްޔާތުގައި ކޮމާންޑަރ ދެއްކެވި ވާހަކާގައި ކަސްރަތު ކުރުމަކީ ކުރިހާ އުމުރެއް މީހުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެއްކަމަށް ވިދާޅުވި އެވެ.

އަދި ކަސްރަތު ކުރުމުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިބޭކަމަށާއި މިފަދަ ކަސްރަތު ޕްރޮގްރާމުތަކުގެ ސަބަބުން އިޖްތިމާއި ގުޅުން ވަރަށް ބޮޑަށް ބަދަހިވެދާނެ ކަމަށްވެސް ކޮމާންޑަރ ވިދާޅުވި އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް މިލަންދޫ ދާއިރާގެ މެންބަރުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަން ހެލްތު ސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ކަސްރަތު ޕްރޮގްރާމުގެ ސަބަބުން ރަނގަޅު ކާނާ ކެއުމަށާއި އުމުރާއި ގުޅޭގޮތުން ކެއުން ގެންގުޅެން ޖެހޭ ގޮތުގެ އިތުރުން ކަސްރަތު ކުރަންޖެހޭ ރަނގަޅުގޮތް ދަސްވެގެން ދިޔަކަން ޕްރޮގްރާމުގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355