twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކެލާގެ 7 ވަނަ ގެސްޓް ހައުސް: "އަތިރި އިން ކެލާ" ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Nov 19, 2019

ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ހއ ކެލާގައި އިތުރު ގެސްޓް ހައުސެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ގުދުރަތީ އެތަކެއް ރީތިކަމެއް ލިބިފައިވާ ކެލާގައި އިއްޔެ ހުޅުވާ ހިދުމަތް ދޭން ފެށީ "އަތިރި އިން ކެލާ" އެވެ. ކެލާގައި 7 ވަނައަށް ހުޅުވި މި ގެސްޓްހައުސްގެ މައުލޫމާތު ކޭއޯއާ ހިއްސާކުރައްވަމުން، މެނޭޖަރު އަހުމަދު ޝަފީޤް ވިދާޅުވީ، ގެސްޓް ހައުސްއަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން ބެޑް އެންޑް ބުރެކްފާސްޓް، ސޭންޑް ބޭންކް ޓްރިޕް، ނައިޓް އަދި ޑޭ ފިޝިންގ، ރޮމޭންޓިކް ބީޗް ޑިނަރ އަދި ތަފާތު މޫދު ކުޅިވަރުތައް އިންތިޒާމް ކުރެވިފައިވާނެ ކަމަށެވެ. އަދި އެކްސްކާރޝަން އަދި ސްނޯކްލިންގ އާއި ޖެޓްސްކީ އާއި ބަނާނާ ރައިޑްގެ ހިދުމަތްތައްވެސް ލިބޭނެ ކަމަށެވެ.

ކެލާގެ ހިތްގައިމު ބީޗް ކައިރީގައި ހުޅުވި މި ގެސްޓް ހައުސްގެ ބުކިންގ ކުރުމާއި އިތުރު މައުލޫމާތު 7718005 ނަމްބަރަށް ގުޅުމުން ލިބިގެންދާނެ އެވެ.

ކެލާ އަކީ 2017 ވަނަ އަހަރު ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އެވޯޑް މާޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގެ އެންމެ ހިތްގައިމު ގޮނޑުދޮށުގެ އެވޯޑް ލިބިފައިވާ ރަށެވެ.

ދާދި ފަހުން ކެލާ ކައުންސިލުން ވަނީ އެރަށުގެ މުހިންމު، ގުދުރަތީ ރީތިކަން ދައްކައިދޭ ހަތަރު ސަރަހައްދެއް ހިމާޔަތްވެސް ކޮށްފަ އެވެ. އެއީ އެރަށުގެ ކަނޑޫފަލާއި ކަނޑިންމަ ސަރަހައްދާއި އެރަށު ފަޅު އަދި ގައުމުލި ސަރަހައްދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355