twitterviber whatsapp telegramfacebookyoutube instagram
24th September 2026

ޗުއްޓީތެރޭގައިވެސް ދީނީ ކަންކަމަސް އިސްކަން ދިނުމަށް ގޮވާލައިފި

ޚަދީޖާ އާދަމް
Nov 21, 2019
2

ދިރާސީ އަހަރު ނިންމުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ފޮނުއްވި މެސެޖުގައި ސްކޫލް ބަންދުގައި ދީނީ ވާޖުބުތައް އަދާކުރުމަށް ބާރު އެޅުމަށް ގޮވާލައިފި އެވެ.

މީގެ ިއތުރުން މި މެސެޖުގައި ބުނެފައިވަނީ ޗުއްޓީތެރޭގައި ދަރިވަރުންނަށް ސްކޫލްގައި ދަސްވެފައިވާ ކޮންމެވެސް ހުނަރެއް އިތުރަށް ތަރައްގީ ކުރުމަށް ފުރުސަތު ފަހިކުރުމަކީ މުހިއްމު ކަމެއްކަމަށާއި އަދި އާއިލީ ގުޅުން ބަދަހިކުރުމާއި ޗުއްޓީ ހޭދަކޮށްލަން ރަށުން ބޭރަށް ދިޔުމާއި އެކުވެރި މަޖާ މާހައުލެއްގައި ކުޅިވަރު ކުޅުންފަދަ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަންދިނުމަށް އެދޭކަމަށެވެ.

ނިމިދިޔަ ދިރާސީ އަހަރަކީ ގިނަ ގޮތްގޮތުން ދަރިވަރުންނަށް މަންފާ ކުރަނިިވި ކާމިޔާބު އަހަރެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވަނީ ތައުލީމީ ދާއިރާގެ ކަންކަން ފަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހާއްސަކަމާއި ދެއްވި ލަފަޔާއި އިރުޝާދުތައް ޝުކުރު އަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293