twitterviber whatsapp telegramfacebookyoutube instagram
6th January 2026

ހިތާނީ ކޭމްޕް ފެށުން ކުޅުދުއްފުށީގައި

Nov 21, 2019
1

ހެލްތް މިނިސްޓްރީން 19 އަތޮޅެއްގައި ހިތާނީ ކޭމްޕު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.

މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތާނީ ކޭމްޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި ރަސްމީކޮށް އެކޭމްޕު ފެށުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކުގައި އެއް ވަގުތެއްގައި ހިތާނީ ކޭމްޕު ފެށޭނެ ކަމަށެވެ.

މި ކޭމްޕް އިފްތިތާހު ކުރުމަށް ބައްވާ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސަރުކާރުގެ ފަރާތުން އެއްވެސް ކުއްޖެއް ތަފާތުކުރުމެއްނެތި ހަދިޔާ ލިބިގެންދާނެ ކަމަށާއި އަދި ހޮސްޕިޓަލްތަކުގެ ވޯޑުގައި ކުޑަކުދިންނަށް ގަޔާވާ ގޮތަށް ޒީނަތްތެރިކުރާނެ ކަމަށް ވެސް މިނިސްޓްރީ މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެއަތޮޅެއްގެ ސަގާފަތާ އެއްގޮތަށް އެކަންތައްތައް ކުރިއެއް ގެންދެވޭނެ ބުނެފައި ވެއެވެ. މި ކޭމްޕު ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހު 24 ގަ އެެވެ.

މިދިޔަ އަހަރުވެސް އަތޮޅުތެރޭގެ އެންމެ ގިނަ ކުދިން ހިތާނުކޮށްފައިވަނީ ކޭއާރުއެޗުގައި ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިދިޔަ އަހަރު އެ ހޮސްޕިޓަލުގައި 97 ކުދިން ހިތާނުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355