twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖެއައި ދެމީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

Nov 23, 2019

ވައިގެމަގުން ބްރެޒިލުން ރާއްޖެއައި 02 މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

2019 އޮކްޓޯބަރު 06 ވަނަ ދުވަހު ރާއްޖެއައި އުމުރުން 42 އަހަރުގެ ބްރެޒިލްގެ ފިރިހެނެއް ކަސްޓަމްސްއިން ބަލައިފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ

މިތަކެތި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައެވެ. އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 837.2 ގްރާމް ހުއްޓެވެ.

މީގެ އިތުރުން 2019 އޮކްޓޫބަރ 25 ވަނަ ދުވަހު ރާއްޖެއައި އުމުރުން 29 އަހަރުގެ ބްރެޒިލްގެ ފިރިހެނެއްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން، އޭނާގެ ހަށިގަނޑުގެ ތެރެއިން ޕެކިންގއާއެކު ބަރުދަނުގައި ޖުމްލަ 765.5 ގްރާމްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ތަކެތި ވެސް ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.60 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355