twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް

ޚަދީޖާ އާދަމް
Nov 23, 2019

މުޅި ރާއްޖެއަށް ކުރިއަށްއޮތް ތިން ދުވަހު ވިއްސާރަ ކުރާނެ ކަމަށާއި މި ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަޕެއްގެ ސަބަބުން އުފެދިފައިވާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަންނަ ހޯމަ ދުވަހު ރާއްޖޭގެ އުތުރަށް އަދި މެދު ރާއްޖެތެރެއަށް ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ އެވެ.

އަދި ކުރިއަށް އޮތް 24 ގަޑި އިރަށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ. އެ އޮފިޝަލް ވިދާޅުވީ އުތުރާއި މެދު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ވިއްސާރައާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ މުއައްސަސާތަކުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355