ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ބަންގިގޮވުމާއި ހުތުބާ ކިޔަން ދަސްކޮށްދީ އަދި ނަމާދުގައި ކިޔާތަކެތި ދަސްކޮށްދޭ ހާއްސަ ކުލާހެއް އަންނަ މަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި ކުލާހުގައި ބައިވެރިވެވޭނީ ގްރޭޑް 3 ން މަތީގެ ކުދިންނަށެވެ.
މި ކްލާސް އޮންނާނީ 8 ޑިސެންބަރުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށެވެ. ކުލާހުގައި ބައިވެރިވުމަށް ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ކުޅުދުއްފުށީ ހޮސްޕިޓާ ކުރިމަތީގައި ހުންނަ އެމްއޯސީ ބުކްޝޮޕުންނެވެ.
އެގޮތުން ފޯމް ލުމުގެ އެންމެ ފަހު މުއްދަތަކީ 5 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ 22:00 އެވެ.