twitterviber whatsapp telegramfacebookyoutube instagram
30th July 2026

މަސްތުވާތަކެއްޗާއިއެކު ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފި

ޚަދީޖާ އާދަމް
Nov 23, 2019
2

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 19 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން 21 ނޮވެންބަރުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝަައްކު ކުރެވޭ 4 ސެލޯޕިންކޮޅު ފެނިފައިވާކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ މިހާރު ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުން ދާއިރު ހައްޔަރު ކުރި މީހާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355