twitterviber whatsapp telegramfacebookyoutube instagram
7th February 2026

1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި

ނަބީލާ އިސްމާޢީލް
Nov 24, 2019

ރާއްޖެއިން މިއަހަރު ފަތުރުވެރިން ގެންނަން ކަނޑައެޅި ޓާގެޓް ކަމަށްވާ 1.5 މިލިއަން ފަތުރުވެރިން ހަމަވެ، 1.5 މިލިއަން ވަނައަށް އައި ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރާއްޖެއަށް އައި 1.5 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ހަރަކާތެއް ވަނީ ބާއްވާފަ އެވެ. މި ފަތުރު ވެރިޔާއަކީ ރަޝިޔާގެ މެރީނާ އެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ އަދި އެމެރިކާގެ މާކެޓުވެސް ދަނީ އިތުރުވެ ކުރިއަރަމުންނެވެ. ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރާތް ކޮށްފައިވަނީ 1.4 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރު އަދި އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މި އަހަރު ރެކޯޑް އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނާނެ ލަފާކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355