twitterviber whatsapp telegramfacebookyoutube instagram
23rd May 2025

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުން އިހަވަންދޫ ސުކޫލަށް ރަންވަނައެއް

ނަބީލާ އިސްމާޢީލް
Nov 25, 2019
1

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ފަންނު އެކްސްޕޯ ގައި އިހަވަންދޫ ސްކޫލް ބައިވެރިވި ކެޓަގަރީން 1 ވަނަ ހޯދައިފިއެވެ.

ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާއިން އިހަވަންދޫ ސުކޫލު އެއްވަނަ ހާސިލްކޮށްފައިވާއިރު ލަކުޑީގެ ބާވަތްތައް އުފެއްދުމުން އެ ސުކޫލަށް ވަނީ ދެ ވަނަ ހާސިލްކޮށްފައެވެ. މިމައުރަޒުގައި އިހަވަންދޫ ސްކޫލުން ބައިވެރިކޮށްފައި ވަނީ ސަފާރީ އުޅަނދަކާއި ދެ ވައްތަރެއްގެ ދޯންޏެކެވެ. އިހަވަންދޫ ސްކޫލުން މައުރަޒުގައި ބައިވެރިކުރީ އެ ސްކޫލްގެ ދަރިވަރުންގެ އުފެއްދުންތަކެވެ.

އަދި މައުރަޒުގައި ބައިވެރިކޮށްފައި ވަނީ އިހަވަންދޫ ސުކޫލަށް 50 އަހަރު ފުރުމާ ގުޅުވައިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ތަކެއްޗެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިފަދަ މައުރަޒެއްގެ ބޭނުމަކީ އަމިއްލަ ފަރުދުންގެ ގޮތުގައި ތަކެތި އުފައްދާ ފަރާތްތަކާއި އެސްއެމްއީ ތަކަށް ރަނގަޅު ޕްލެޓްފޯމެއް ތައާރަފުކޮށް ދިނުމާއި ރާއްޖޭގައި އުފައްދާ ކޮންމެ ޕްރޮޑަކްޓެއް ވާދަވެރި މާހައުލެއްގައި ވާދަކޮށް މާކެޓު ލިބޭނެ މަގު ފަހި ކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355