twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހަރުކަށި ފިކުރާ ގުޅެނީ ޖަލުން ނިކުންނަށް މުޖުރިމުން

ނަބީލާ އިސްމާޢީލް
Nov 26, 2019

ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކާ ގުޅެނީ ޖަލުން ނިކުންނަ މީހުންނާއި މުޖުރިމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ށ. މާއުނގޫދު އަށް ބަޔަކު އަރައި އައިއެސްގެ ދިދަ ކުރެހި މައްސަލަ އާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ފެށުނީ 2000 ވަނަ އަހަރު ކަމަށާއި މިއަދާ ހަމަ އަށް އައިއިރު އެފަދަ ހަރަކާތްތައް ހުއްޓުވިފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ބަޔަކު މާއުނގޫދޫ އަށް އަރައި އެރަށުގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ސްޕްރޭ ކުރި މައްސަލަ ފުލުހުން ބަލަމުންދާއިރު މި މައްސަލައިގައި ސަލާމަތީ ބާރުތަކުން އެލާޓަށް އަންނަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި 2006 ވަނަ އަހަރާއި 2007 ވަނަ އަހަރަކީ މި ހަރަކާތްތައް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ދެ އަހަރު ކަމަށެވެ.

މިއަދާ ހަމައަށް އައިއިރު މި މައްސަލަތައް ހައްލު ނުވެ އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިކަމުގެ ތެރޭގައި އުޅެނީ ޖަލުތަކުން ނުކުންނަ މީހުންނާއި މުޖުރިމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އިތުރަށް ވިދާޅުވީ ހާއްސަކޮށް ޖަލަށްލާ މީހުންނާ މެދުގައި މުއާމަލާތް ކުރެވޭ ގޮތާއި އެމީހުންގެ އުޅުމަށް އަންނަ ބަދަލުތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނުގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަކީ ދީން ހުއްދަކުރާ ކަމެއް ނޫކަމަށާއި ކުޑަކުދިންނާ ކައިވެނި ކުރުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމް ދީން ރަނގަޅަށް އުނގެނިގެން ތިބި އިލްމުވެރިންނަކީ ހަރުކަށި ކަމަށް ތާއީދުކުރާނެ ބައެއް ނޫން ކަމަށާއި ދީނީ އިލްމުވެރިން މަސައްކަތްކޮށްގެން ހަރުކަށި ފިކުރުގެ މީހުންނަށް ރަނގަޅަށް ވިސްނައި ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355