ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ޓްރޭޑް ފެއާރ މާދަމާ ފެށިގެން ދާއިރު މި ފެއާރ ޑިސެންބަރު 2 ށް ކުރިއަށް ދާނެއެވެ.
މި ޓްރޭޑް ފެއާރ ގައި ޖުމްލަ 16 ސްޓޯލާއެކު ބިރުވެރި ހޮހޮޅަވެސް ހިމެނެއެވެ.
މި އަަހަރު ބައިވެރިވެފައިވާ ވިޔަފާރިތަކަކީ ފެޝަން ބާޒަރ، ޑީކޭޑް، ކޮކާފިޔަ، އޯބީ، ފައިން ރޯސް، ކޫލްބެރީ، ބައުންޓީ، ޒޯޔާ، ރެޓޯ ސޮލިއުޝަން، ޓޫ ޒީރޯ، ފޯމިކްސް، ގޯލްޑްވޭ، ފެހިދޫލަ، ވާއުފާ، އައި.އެޗް. އެންޓަރޕްރައިޒަސްގެ އިތުރުން ލަސްޓަންޒާ ރެސްޓޯރެންޓެވެ.
މި ފެއަރ ހުޅުވިފައި ހުންނާނީ ހަވީރު 4:00 ން 05:45 އަށް އަދި ރޭގަނޑު 8:00 ން 10:30 ށެވެ. އަދި ހޮނިހިރު ދުވަހު 09:00 ން ރޭގަނޑު 10:30 ހުޅުވިފައި ހުންނާނެއެވެ.
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ ވެސް މެއެވެ.