twitterviber whatsapp telegramfacebookyoutube instagram
16th September 2026

މަޖިލީހުގެ ދައުރު ހަފްތާއަކަށް އިތުރު ކުރުމަށް ފާސްކޮށްފި

ޚަދީޖާ އާދަމް
Nov 26, 2019

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުން މިދާ މަޖިލީހުގެ 3 ވަނަ ދައުރަށް ހަފްތާްއެއް އިތުރުކުރުމަށް ފާސްކޮށްފި އެވެ.

މި ދައުރުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މުހިއްމު ބިލްތަކާއި މަސައްކަތްތައް ހުށަހެޅިފައިވާތީވެ އެ މަސައްކަތްތައް ނިންމުމުގެ ގޮތުން މަޖިލީހުގެ ދައުރު އިތުރުކުރަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގައި މިހާރު ފާސްނުކުރެވި އޮތް މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓާއި، އިންކަމް ޓެކްސްގެ ބިލާއި، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293