twitterviber whatsapp telegramfacebookyoutube instagram
3rd August 2026

ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް ރައީސް ޔޫއޭއީއަށް

Nov 30, 2019
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ޔުނައިޓެޑް އެރަބި އެމިރޭޓްސް(ޔޫއޭއީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ އަބޫދާބީއަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ ޢަޙްދުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355