twitterviber whatsapp telegramfacebookyoutube instagram
16th April 2025

ފެންބޮޑުވި ހާދިސާ ރިޕޯޓްކުރުމަށް ކައުންސިލްގެ ހޮޓްލައިން 9498547

އަބްދުލް ވާހިދު ޙަސަން
Dec 1, 2019

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައި ފެންބޮޑުވި ހާދިސާ ރިޕޯޓްކުރުމަށް ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.

ރެއިން ފެށިގެން ހުއްޓާނުލާ މިއަދު މެންދުރާ ހަމައަށް ކުޅުދުއްފުއްޓަށް ވިއްސާރަކޮށް ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ 20 ގެޔަކަށް ފެންވަދެ ގެއްލުންވިކަމުގައި ރިޕޯޓް މިހާތަނަށް ކައުންސިލަށް ލިބިފައިވެ އެވެ.

ފެންބޮޑުވުމުގެ މިހާދިސާ ރިޕޯޓްކުރުމަށް ކައުންސިލުން ގާއިމުކޮށްފައިވާ ހޮޓްލައިނަކީ 9498547 އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ މުއައްސަސާތަކާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ކަމަށާ އެގޮތުން ރަށުގެ ތިން ސަރަހައްދެއްގައި ފެން ހިންދުމަށް ޕަމްޕް ސްޓޭޝަން ގާއިމުކުރެވި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑްކުރެންސެންޓް، ސިފައިން، އެސްޓީއޯ، ފުލުހުންނާއި ކައުންސިލް، ޕަބުލިކް ވޯކްސް އަދި ރަށުގައި ގާއިމުވެފައި ހުރި އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355