twitterviber whatsapp telegramfacebookyoutube instagram
20th July 2026

ކުރީގެ ރައީސް ޔާމިން މިނިވަންކުރަން ޖާބިރު ގޮވާލައްވައިފި

ނަބީލާ އިސްމާޢީލް
Dec 2, 2019

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒު ކުރެއްވުމަށެވެ. ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ބެމްބަރު ޖާބިރު މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ގޮވާލާފައި ވަނީ ރައީސް ޔާމިން ދޫކޮށްލުމަށް ނަމަވެސް ޖާބިރަކީ މަޖިލީހުގައި އާންމުކޮށް ރައީސް ޔާމިން ވަގުތުން ވަގުތަށް ހައްޔަރުކޮށް އެމަނިކުފާނުގެ މުދާ ސަރުކާރަށް ނެގުމަށް ގޮވާލަމުން އަންނަ މެމްބަރެކެވެ.

ނަމަވެސް މިއަދު ޖާބިރު ވިދާޅުވީ ރައީސް ޔާމިނަކީ ޖާބިރުގެ ރައްޓެއްސެއް ކަމަށާއި ރައީސް ޔާމިން އާއި ބައްދަލުކުރުމަށް އެދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ސިޓީއެއް ފޮނުއްވާފައި ވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355