twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގެ އިންޖީނުގެ އެޅުމަށް ބިންގާ އަޅައިފި

ނަބީލާ އިސްމާޢީލް
Dec 4, 2019

ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއް ރަށެއްގައި އާ އިންޖީނުގެ އެޅުމަށް ބިންގާ އަޅައިފި އެވެ. އާ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ ހއ. އުލިގަމު، ށ. ނަރުދޫގެ އިތުރުން ށ. ފޯކައިދޫ އާއި ހދ. ފިނޭ އެވެ.

އެ ރަށްރަށުގައި ވަކިވަކިން މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުތަކުގައި އިންޖީނުގެ ތަކުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މީގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވަނީ އެ ރަސްމިއްޔާތުތަކުގައި ބައިވެރިވެފަ އެވެ.

ފިނޭ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އަންނަ އަހަރުގެ މާރޗް 19 ވަނަ ދުވަހަށް މަސައްކަތް ނިންމުމަށް ހަވާލުކުރި މި ޕުރޮޖެކްޓްގައި ސޮއިކޮށްފައިވަނީ އެލްއެފްގެ ފަރާތުން އަހުމަދު ފިރާގު އަދި ފެނަކައިގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ވަހީދެވެ. މިއީ 5،249،479.62 ރުފިޔާގެ ޕުރޮޖެކްޓެކެވެ.

އުލިގަމު އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫ އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އަންނަ އަހަރުގެ މެއި 01 ވަނަ ދުވަހަށް މަސައްކަތް ނިންމުމަށް ހަވާލުރި މި ޕުރޮޖެކްޓްގައި ސޮއިކޮށްފައިވަނީ ޓޫ އެލްގެ ފަރާތުން އަލީ އިބްރާހިމް ރަޝީދު އަދި ފެނަކައިގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މި ޕްރޮޖެކްޓަކީ 5،599،454.10 ރުފިޔާގެ ޕުރޮޖެކްޓެކެވެ.

ނަރުދޫ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ސީސައިޑް ޕްރައިވެޓް ލިމިޓެޑާ އެވެ. އަންނަ އަހަރުގެ ޖެނުއަރީ 01 ވަނަ ދުވަހަށް މަސައްކަތް ނިންމުމަށް ހަވާލުކުރި މި ޕްރޮޖެކްޓްގައި ސޮއިކޮށްފައިވަނީ ސީސައިޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިބްރާހިމް ރަޝީދު ސޮބާހު އަދި ފެނަކައިގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މި ޕްރޮޖެކްޓަކީ 5،111،111.05 ރުފިޔާގެ ޕުރޮޖެކްޓެކެވެ.

އަދި ފޯކައިދޫގައި އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަހީދު ކޮންސްޓްރަކްޝަންއާ އެވެ. މި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހަށް ނިންމުމަށެވެ. މި ޕުރޮޖެކްޓްގައި ސޮއިކޮށްފައިވަނީ ވަހީދު ކޮންސްޓްރަކްޝަން ފަރާތުން އެ ކުންފުނީގެ އޯނަރ ވަހީދު އަބުދުލް ގާދިރު އަދި ފެނަކައިގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ވަހީދެވެ. މި ޕްރޮޖެކްޓަކީ އަގަކީ 5،660،951.96 ރުފިޔާގެ ޕުރޮޖެކްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355