twitterviber whatsapp telegramfacebookyoutube instagram
30th April 2024

ކައުންސިލްތަކުގައި ވަކި އަދަދަކަށް އަންހެނުންނަށް ހާއްސަކުރަން ތާއީދު ނުކުރަން: ގާސިމް

ނަބީލާ އިސްމާޢީލް
Dec 4, 2019

ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ކައުންސިލްތަކުގައި 33 ޕަސަންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ހިމަނައި އެ ބިލު ވަނީ ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

މ. ކުނޫޒުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު ހުށަހެޅުފައިވާ ބައެއް އިސްލާހުތައް ރަނގަޅު ކަމަށެވެ. ނަމަވެސް ގާސިމް ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ވަކި ޕަސަންޓެއް އަމާޒު ކުރުމަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ހިލާފު ކަމެއް ކަމަށާއި އެހެން އެކަން ނުކުރެވޭނެ ކަމަށެވެ.

މިހާރު ގާނޫނުތައް ހުރި ގޮތުން މަޖިލީހުގައި ވެސް އަދި ކައުންސިލްތަކުގައިވެސް 100 ޕަސަންޓް އަންހެން ބޭފުޅުން ތިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާނޫނަށް އެ ބަދަލު ގެންނަ އުޅުއްވަނީ ވަކި ބަޔަކު އަންހެން ބޭފުޅުންގެ ވޯޓު ހޯއްދެވުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގާނޫނަަށް ބަދަލު ނުގެނައި ނަމަވެސް އަންހެން ބޭފުޅުންނަށްވެސް މަސައްކަތްކޮށްގެެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355