twitterviber whatsapp telegramfacebookyoutube instagram
21st April 2026

ހަނިމާދޫގައި ޒުވާނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފެންމަތިވެއްޖެ

Dec 4, 2019

ހދ.ހަނިމާދޫގައި ޒުވާނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފެންމަތިވެ، އެކަމުގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފި އެވެ. މިމަހު އެއްވަނަ ހިންގި މިހާދިސާއާ ބެހޭ މައުލޫމާތު ފުލުހުން ވަނީ މީޑިއާ ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނީ މިމަހު އެއްވަނަ ދުވަހު ހިންގި މި ހާދިސާގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރު ދައްކައި އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ ހަމަ އެދުވަހު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިމަހުގެ 2 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355