twitterviber whatsapp telegramfacebookyoutube instagram
13th August 2020

ކޭއާރުއެޗުގައި ފަރުވާދެމުންދިޔަ ހާލު ދެރަ ތުއްތު ކުއްޖަކު މާލެ ފޮނުވާލައިފި

Dec 8, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ "ނިއުބޯން ބޭބީއެއް" ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ފޮނުވާލައިފި އެވެ.

ހާލު ދެރަވެ އިތުރު ފަރުވާއަށް ތުއްތު ކުއްޖާ ފޮނުވާލީ މިއަދު 13:30 ހާއިރު، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އެވެ. ހދ ހަނިމާދޫއަށް ނިސްބަތްވާ 26 އަހަރުގެ އަންހެނަކު، އެމެޖެންސީގައި އޮޕަރޭޝަންކޮށްގެން ކުއްޖާ ނެގީ ކުއްޖާގެ ހާލުދެރަވުމުންކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

"ރޭގައި ހަމަ ނޯމަލްކޮށް ވިހަން އޮތީ، އެކަން ބޭބީގެ ހާލު ދެރަވުމުން އެމެޖެންސީގައި އޮޕަރޭޝަންކޮށްގެން ކުއްޖާ ނެގީ." ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތުއްތު އެ އަންހެން ކުއްޖާ ފޮނުވާލީ ކޭއާރުއެޗުގެ ކުޑަކުދިންގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އެވެ. ކުއްޖާ މިއަދު މެންދުރު މާލެ ފޮނުވާއިރު ކުރިއަށްވުރެ ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ކުއްޖާގެ މަންމަގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355