twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޑަކުދިންނަށް ހާއްސަކޮށްގެން ޝަހުދީ ލިޔެފައިވާ "މަވެށި" ފޮތްބައި ނެރެފި

Dec 12, 2019
1

ކުޑަކުދިންނަށް ޚާއްސަކޮށްގެން ޝަހުދީ ލިޔެފައިވާ "މަވެށި" ފޮތްބައި ނެރެފި އެވެ. ”މަވެށި“ ނަމުގައި ތައްޔާރުކޮށްފައިވާ ވާހަކަ ފޮތްބައި ނެރެދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

"މަވެށި" ފޮތް ބަޔަކީ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ ލިޔުއްވާފައިވާ ފޮތްތަކެކެވެ. މި ފޮތްބައިގައި ޖުމްލަ ފަސް ފޮތެވެ. އެއީ ”އެކުވެރި ތިން މިޔަރު“، ”ބުއްދިވެރި ފިނދަނަ“،”ނަސީބުދެރަ ކޮވެލި“، ”ކިބުރުވެރި ބުޅާ“، ”ކޮކާލުގެ ހުވަފެން“ އެވެ.

ވާހަކަ ފޮތް ބަޔާ ގުޅޭ ގޮތުން ވާހަކަ ދައްކަަވަމުން ފޮތުގެ މުސައްނިފް ހުސައިން ޝަހުދީ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ ދަރިންނަށް ނިދާ ގަޑީގައި ކިޔައިދިން ވާހަކަތަކެއް ކަމަށެވެ. ވާހަކައެއް ސިފައެއްގައި ފޮތްތައް ލިޔުނީ އެހެން ކުދިންނަށް ވެސް އެ މެސެޖްތައް ފޯރުކޮށްދެން ބޭނުންވާތީ ކަމަށާއި ޖަޒީރާ ވެށީގައި ހިމެނޭ ނަންތަކާއި ދޫނި ސޫފާސޫފި އަދި ވެށީގައި އުޅޭ ދިރޭތަކެތީގެ ނަންތަކަށް ކުދިން އަހުލުވެރި ކުރުމުގެ ބޭނުމުގަ އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހިން ވާހަކަ ފޮތްތައް ނެރުން ވަރަށް މުހިންމު ކަމަށެވެ. އެއީ އަބަދުވެސް ހިތްވަރު ދެއްވާނެ ކަމެއް ކަމަށެވެ.

"ކުޑަކުދިންނަށް ހާއްސަކޮށް ދިވެހިން ވާހަކަ ފޮތްތައް ނެރުން ވަރަށް މުހިންމު ކަމެއް، އެއީ އަބަދުވެސް އަޅުގަނޑު ހިތްވަރު ދެއްވާނެ ކަމެއް، ކުޑަކުދިން އަބަދު އިނގިރޭސި ވާހަކަ ދައްކައި ދިވެހި ބަސް ދެކެ ފޫހިވަމުންދާއިރު މިފަދަ ވާހަކަ ފޮތްތަކުން ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ޝައުގުވެރިކަން އުފެއްދޭނެ." ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހުދީ ކުޑަކުދިންނަށް ހާއްސަކޮށް ލިޔުއްވާފައިވާ ވާހަކަ ފޮތްތައް ނެރެ ވިއްކަންވަނީ ފަށާފައިވާކަމަށާއި މި ވާހަކަ ފޮތްތައް މިހާރު މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށް ވާހަކަ ޕަބްލިޝާސްއިން ބުނެ އެވެ.

ފޮތް ބައިގެ ޕަބްލިޝާއަކީ ވާހަކަ.ކޮމް އިން މިފޮތް އޯޑަރ ކުރެވޭނެ އެވެ. މިއީ އެފަރާތުން ނެރެނު 6 ވަނަ ވާހަކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355