twitterviber whatsapp telegramfacebookyoutube instagram
3rd August 2026

އަންނަ ކައުންސިލް އިންތިހާބުގައި ވާދަކުރަން އަމީން ނިންމަވައިފި

Dec 15, 2019
1

އަންނަ ކައުންސިލުން އިންތިހާބުގައި ވާދަކުރައްވާނެކަން ހދ ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ހާމަކުރައްވައިފި އެވެ.

އަމީން ވަނީ ފާއިތުވި ދެ ދައުރުގައިވެސް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމުވެސް ފުރުއްވާފަ އެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުމުންދޫ ކައުންސިލަށް ވާދަކުރައްވާނެކަން އަމީން ހާމަކުރެއްވީ ރޭގައި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ކުމުންދޫއަށް ވަޑައިގަތުމުން، އަމީން ސަލާމްކުރައްވާ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި އަމީން ލިޔުއްވާފައިވަނީ އަންނަ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އަމީން ފާއިތުވި ދެ ދައުރުގައިވެސް ވަނީ އެ ކައުންސިލުންގެ ރައީސްކަން ކުރައްވާފަ އެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލްމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355