twitterviber whatsapp telegramfacebookyoutube instagram
8th July 2025

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މަހާސިންތާއެއް ބާއްވަނީ

Dec 15, 2019

ރާއްޖެގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވާ މަހާސިންތާއެއް ބޭއްވުމަށް ރައީސް އޮފީހުން ނިންމައިފި އެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ދައުވަތަކަށް ކްރޮސް ރޯޑްސްގައި ބާއްވާ މި މަހާސިންތާ މިއަދު ފެށުމަށް ހަމަޖެހިފައިވައިރު މި މަޝްވަރާ ބައްދަލުވުންތައް ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެގޮތުން ރައީސް ދައުވަތު ދެއްވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކުގެ ރައީސުންގެ އިތުރުން ސިޓީ ކައުންސިލްތަކުން މޭޔަރުންނެވެ.

ކައުންސިލަރުންނާ ރައީސް ބައްދަލުކުރައްވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓާ ގުޅޭ މަޝްވަރާ ކުރައްވައި ކަންކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ހިޔާލު ހޯއްދެވުމަށެވެ. މި ސެޝަންތަކުގައި ގުޅުންހުރި ދާއިރާތަކުންވެސް ބައިވެރިވާނެ އެވެ.

ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ބަދަލު ކޮށްފަ އެވެ. އެއާއެކު، ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައަޅައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަމުން އައި ނަމަވެސް މިހާތަނަށް އޮތީ، ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ހިފަހައްޓައި ކައުންސިލްތަކުން މައި ސަރުކާރަށް ބަރޯސާވާ ގޮތަށް މަޖުބޫރުކޮށްފަ އެވެ. މިކަން ބަދަލުކުރަން، މި ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355